ވިޔަފާރި

އާ އަހަރަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީން ޚާއްސަ ހަރަކާތެއް


އާ އަހަރަށް މަރުޚަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީން ޚާއްސަ ޝޯއެއް ބޭއްވުމަށް ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މި ޝޯ އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުގެރޭ 8:30 ގައި ކާނިވާ ސަރަހައްދުގައިކަމަށެވެ.

މިއީ މި ސަރުކާރު ވެރިކަމަށް އައި ފަހުން އާ އަހަރު ފާހަގަކުރުމަށް ބާއްވާ ފުރަތަމަ ޝޯވއެވެ. ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކުރާ، މި ޝޯވގައި ރާއްޖޭގެ މަޤްބޫލު ލަވަކިޔުންތެރިން ބައިވެރިވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އޭގެ ތެރޭގައި ޝަލަބީ އިބްރާހިމް އާއި ޒާރާ މުޖްތަބާ އާއި މުހައްމަދު ޝިއުޒް އާއި ބޮޑުބެރު ބޭންޑެއް ކަމުގައިވާ "ނާބަ" ބޭންޑުގެ ހުށަހެޅުންތައް ފެންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

އާ އަހަރަށް މަރުހަބާ ކިޔުމަށް ޚާއްސަ ޝޯވއެއް ބޭއްވުމަށް ނިންމާފައިވާއިރު، މީގެ ކުރީ އަހަރުތަކުގައިވެސް އާ އަހަރަށް މަރުހަބާ ކިޔުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.