ޚަބަރު

މާލޭގެ ހުރިހާ ކޮންސްޓްރަކްޝަން ސައިޓްތަކެއް ސާފުކޮށްފި


ޑެންގީ ހުމުން ރައްކާތެރިވެތިބުމަށް ހައުސިން މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކިންސްޓަރަކްޝަން އިންޑަސްޓްރީ، "މަސީ"ން ކުރިޔަށްގެންދާ ކޮންސްޓްރަކްޝަން ސައިޓްތައް ސާފްކުރުމުގެ މަސައްކަތުގެ ދަށުން މާލެއާ ހުޅުމާލެއާ ވިލިމާލޭގައި ހުރި މިފަދަ ހުރިހާސައިޓްތަކަށް ގޮސް އެތަންތަން މޮނިޓަރ ކުރެވިފައިވާކަމަށް މިކަމަށްޓަކައި އެކުލަވާލާފައިވާ ޓާސްކްފޯހުން ބުނެފިއެވެ.މިމަސައްކަތް ފަށާފައިވަނީ، މިދިޔަ އާދިއްތަދުވަހުއެވެ.މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، ފުލުހުންގެ ޓެކްނިކަލް އެހީތެރިކަމާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަށްތަށް ހިމެނޭ ގޮތަށް ޖުމުލަ 12 ޓީމަކުން  މާލޭގައި ހުރި ކޮންސްޓްރަކްޝަން ސައިޓްތައް ޗެކްކޮށް މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ބަލައި މޮނިޓަރ ކުރުމުގެ މަސައްކަތްވަނީ މީގެ ފަސްދުވަސްކުރިން ފަށާފައެވެ.މީގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް މި މަސައްކަތް ކުރިޔަށްދާކަމަށް މިކަމައްޓަކައި އެކުލާވާލާފައިވާ ސްޓިއަރިންގ ކޮމެޓީން ބުނެއެވެ.މި ކޮމެޓީން ފަރާތުން ޕީ.އެސްއެމް. އަށް މައުލޫމާތުދެއްވަމުން ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ހުސެއިން އަބްދުﷲ ވިދާޅުވީ، ވޭތުވެދިޔަ ފަސްދުވަހުގެ ތެރޭގައި ޓީމުތަކަށް މާލޭގެ ހުރިހާ ސައިޓްތަކަށް ދެވިފައިވާކަމަށާއި، އެކި ފަހަރުމަތީން ގޮސް ބައެއް ސައިޓްތަކުގައި ހުރި މައްސަލަތަށް ފާހަގަކޮށް އެކަންކަން މިހާރު ރަނގަޅުކުރުވާފައިވާކަމަށެވެ.އޭނާ ވިދާޅުވީ، މީގެ ތެރެއިން ޓީމުތަކަށް ނުވަދެވިވާ ސައިޓްތަކަށް ވަނުމުގައި ގޮތްތަކެއް ކަނޑައަޅާފައިވާކަމަށާއި އެކަން ކުރައްވާނީ ހައުސިންގ މިނިސްޓްރީ އާއި ފުލުހުން ގުޅިގެންކަމަށެވެ. އެހެންކަމުން މިކަމުގައިސައިޓްތަކުގެ ވެރިފަރާތްތަކުގެ އެއްބާރުކުން ބޭނުންވާކަން ހުސެއިން ފާހަގަކުރެއްވިއެވެ.މަދިރި އުފެދޭތަންތަނުގެ ގޮތުގައި ޓާސްކްފޯހުގެ ޓީމްތަކަށް ފާހަގަކުރެވިފައިވާ ތަންތަނުގެ ތެރެއިން މިހާތަނަށް  ނުވަދެވިވަނީ 60 ވަރަކަށް ސައިޓަށްކަމަށް ޓާސްކުފޯހުން ބުނެއެވެ.މިމަސައްކަތުގައި ހަރަކާތްތެރިވާ އޮފީސްތަކާއި ޖަމާޢަތްތަކުން ބުނީ އެފަތާތްތަކާއި ހަވާލުކުރެވުނު ސަރަހައްދުތަށް ބަލައި ގިނަ ސައިޓްތަކުގައި ހުރި މައްސަލަތައް ރަނގަޅުކޮށްފައިވާނެކަމަށެވެ. އޭގެތެރޭގައި މަދިރި އާލާވާގޮތަށް ހުރި ތަންތަނަށް ކެމިކަލް އެޅުމާއި، އެތަންތަނުގައި ފެންހަރުލާގޮތަށް ހުރިތަންތަން ނައްތާލުން ހިމެނެއެވެ.އަދި ވޭތުވެދިޔަ ފަސްދުވަހު ޒިޔާރަތްކުރި ތަންތަން ސާފްކުރުމާއި ކުރިން ރަނގަޅުކުރަން ބުނެފައިވާތަންތަނަށް ބަދަލު ގެނެވިފައިވޭތޯ ޗެކްކުރަމުންދާކަމަށްވެސް އެފަރާތުން ބުނެއެވެ.ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިޔަށް މިގެންދާ ކޮންސްޓްރަކްޝަން ސައިޓްތައް ސާވޭކުރުމުގެ މަސައްކަތުގެ ސަބަބުން މަދިރި އުފެދޭގޮތަށް ހުންނަ ކޮންސްޓްރަކްޝަން ސައިޓްތައް މޮނިޓަރ ކުރުމަށް ސިއްޙީ ދާއިރާއާއި އިމާރާތްކުރުމާއި ބެހޭ ދާއިރާތަކަށް ގިނަ މައުލޫމާތުތަށް ލިބިގެންދާނެކަމަށް މި ސާވޭ ކުރިއަށްގެންދާ ސްޓެއަރިންގ ކޮމެޓީން ބުނެއެވެ.ކޮންސްޓްރަކްޝަން ސައިޓްތަށް ސާފްކުރުމަށް ފަށާފައިވާ މި ކެމްޕެއިން، ޑެންގީހުން ކޮންޓްރޯލް ވަންދެން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާނެކަމަށްވެސް ސްޓެއަރިން ކޮމެޓީން މައުލޫމާތުދެއެވެ.