ވިޔަފާރި

ޓޫރިޒަމް މާސްޓަރ ޕްލޭން ހެދުމަށް ކޮންސަލްޓަންޓުން ހޯދަނީ


ފަސްވަނަ ޓުއަރިޒަމް މާސްޓަރޕްލޭން އެކުލަވާލުމަށްޓަކާ ޖެނުއަރީމަހު ދާއިރާއާ ގުޅުން ހުރި ކޮންސަލްޓަންޓުން ހޯދާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދަޅުވެއްޖެއެވެ.

މިނިސްޓްރީގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޖެނުއަރީމަހު އައު ބަޖެޓާއިއެކު އައު މާސްޓަރޕްލޭންގެ މަސައްކަތްކުރުމަށް ކޮންސަލްޓަންޓުން ހަމަޖައްސާނެކަމަށެވެ. އަދި ޓުއަރިޒަމް ދާއިރާއާއި ގުޅުން ހުރި ޤަވާއިދުތަށް އިސްލާހުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާއެކު ކުރިޔަށް ގެންދާނެކަމަށް މިނިސްޓަރ ވިދަޅުވިއެވެ.

"އަޅުގަނޑުމެން މާސްޓަރޕްލޭން އިދާރީ މަސައްކަތްތަށް މިއަހަރުގެ މެދުތެރޭގައި ފެށީ. އަޅުގަނޑުމެން ޖެނުއަރީ އައު ބަޖެޓާއެކު ޕްރެކްޓިކަލް ކޮންސަލްޓަންޓުންތަށް ހަޔަރ ކުރާނަން. އެއަށްފަހު ޓުއަރިޒަމްގެ މައި އިންޓަސްޓްރީ މަޓީއާއެކު މާސްޓަރ ޕްލޭންގެ މަސައްކަތްކުރިޔަށް ގެންގޮސް، އަޅުގަނޑުމެން ޓާގެޓްކޮށް ކުރިންވެސް އިއުލާންކޮށްފައިވާގޮތަށް ފިފްތް ޓުއަރިޒަމް މާސްޓަރޕްލޭން މޭ އެއް ވަނަ ދުވަހު ޑޮކިއުމަންޓާއިއެކު ހާމަކުރެވޭނެކަމަށް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތާއެކު ދާއިރާއާ ގުޅުންހުރި ޤަވައިދުތައް އިސްލާހުކުރުމުގެ ކަންތައްތައްވެސް ކުރިޔަށް ގެންދަވާނެކަމަށެވެ. އަދި އިންޑަސްޓްރީގެ އިސްފަރާތްތަކުގެ ހިޔާލުތަކާއެކު ފަސް ވަނަ މާސްޓަރޕްލޭން އެކުލަވާލާއި، ޤަވައިދުތަށް އިސްލާހުކުރެވިގެން ދިއުމުން ދާއިރާއަށް ހެޔޮބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތްމީ އިންވެސްޓަރުންނަށް ފަހި ސިނާއަތެއްކަން އެންގުމަށްޓަކާ ހާޢްސަ ސަމާލުކަމެއްދީ މިއަންނަ އަހަރު މަސައްކަތްކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިދާއިރާއަކީ ފަސޭހައިން މަސައްކަތްކުރަވޭ ދާއިރާއަކަށް ހެދުމަށް މަސައްކަތްކުރާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.