ޚަބަރު

މިއަހަރު ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު މަދު- ޕޮލިސް


މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ފުލުހުންނަށް ހުށަހެޅުނު މާރާމާރީއާއި ވައްކަމާއި ފޭރުމުގެ މައްސަތައް މިދިޔަ އަހަރަށްވުރެއް މަދު ކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.ހުރިހާ ބާވަތެއްގެ މައްސަލަތަކަށް ބަލާއިރު ފުލުހުން ބުނީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާއި އަޅާބަލާއިރު، މިއަހަރުގެ އެމުއްދަތުގައި ހުށަހެޅުން މައްސަލަތަކުގެ އަދަދު ދެހާސްސާޅީސްއަށް މައްސަލައަށް މަދު ކުރެވިފައިވާކަމަށެވެ.ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ޤާއިމްކުރުމަށް ރާއްޖޭގެ ކަންކޮޅުތަކުގައި އެކި އުމުރު ފުރާތަކަށް އަމާޒުކޮށްގެން ހޭލުންތެރިކަން އިތުރުކޮށް، ކުށްމަދުކުރުމަށްޓަކައި ފުލުހުން ތަފާތު ނަންނަމުގައި ދަނީ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ޕްރޮގްރާމްތަކުގެ ތެރޭގައި ޒުވާނުންނަށާއި ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ބްލޫޒް ފޯ ޔޫތު ކޭމްޕާއި ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ރެޑީ ކޭމްޕް ފާހަނގަކޮށްލެވެއެވެ.ފުލުހުން ބުނީ މި ޕްރޮގްރާމްތައް ބައްޓަން ކުރެވިފައިވަނީ ބައިވެރިން ކުށުގެ ވެށިން ދުރުކޮށް ޒިންމާދާރު ބައެއްގެ ގޮތުގައި ހަދައި ބައިވެރިންގެ ނަފްސު ތަރުބިއްޔަތުކޮށް ޤައުމީ ރޫޙާއި އަޚުލާޤީ ރިވެތި ޢުޞޫލްތައް ބައިވެރިންގެ ކިބާގައި އަށަގެންނެވުމަށްޓަކައި ކަމަށެވެ.ފުލުހުންގެ އަމާޒަކީ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހި މުޖުތަމަޢުގައި ހިންގާ ކުށްތަކުގެ ނިސްބަތް ދަށްކޮށް އެންމެނަށް އަމާން ރައްކާތެރި ތަނެއް ގޮތުގައި މުޖުތަމަޢު ދެމެހެއްޓުން ކަމަށްވެސް ފުލުހުން ބުނެއެވެ.