ޚަބަރު

މާލެއިން މިއަދު ކަރަންޓް ކެނޑުނު މައްސަލަ ހައްލުވެއްޖެ- ސްޓެލްކޯ


މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދުގެ ވަގުތުތަކުގައި ކަރަންޓް ކެނޑެމުންދިއުމުގެ މައްސަލަ އެއްކޮށް ހައްލު ކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑެން ދިމާވީ ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރި، 8 މެގަ ވޯޓްގެ ޖަނަރޭޓަރެއްގެ ލުބުރިކޭޝަން ސިސްޓަމްގައި މައްސަލަތަކެއް ޖެހި ޖަނަރޭޓަރު ނިވިގެން ކަމަށެވެ.މި ޖަނަރޭޓަރަށް ކުރިމަތިވި މައްސަލަތަކާއި ގުޅިގެން މާލޭގެ އެކި ހިސާބުތަކުން މިއަދު ހެނދުނުގެ ވަގުތުތަކުގައި ކަރަންޓް ކެނޑިފައިވެއެވެ. އަދި މި ޖަނަރޭޓަރުގައި މައްސަލަ ޖެހުނު ވަގުތު، އެހެން ޖަނަރޭޓަރުތަކަށް ލޯޑު ބޮޑުވެ، އިތުރު ޖަނަރޭޓަރެއްވެސް އެ ވަގުތު ފެއިލްވިކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. ނަމަވެސް އެ މައްސަލަ ވަގުތުން ހައްލުކުރުމަށް ކުރެވުނު މަސައްކަތުން މިހާރު މި މައްސަލަ ހައްލުވެފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.