ޚަބަރު

ބެންކޮކްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދިވެހިންގެ ޙާލަތު ވަރަށް ގާތުން އެބަ ބަލަން: އެމްބަސީ


ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވި ދިވެހިންގެ ޙާލަތު ގާތުން ބަލަމުން އަންނަ ކަމުގައި ޤައުމުގައި ހުންނަ ދިވެހި އެމްބަސީން ވިދާޅުވެއްޖެއެވެ.

ރޭ ފަތިހު ވަގުތެއްގައި މި އެކްސިޑެންޓް ހިނގާފައިވަނީ ޓެކްސީ ދުއްވަން އިން ޑްރައިވަރު ނިދިޖެހި ކާރު ފުރޮޅާލައިގެންކަމަށް މަޢުލޫމާތު ލިބެއެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ މަޢުލޫމާތު ސާފު ނުވާއިރު، މި ކާރުގައި 3 ފަސިންޖަރުން ދަތުރުކުރިކަމަށް މަޢުލޫމާތުލިބެއެވެ.

އަދި މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވި ދިވެހި ފިރިހެނަކަށް ފަރުވާދެމުންދާކަމަށް ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީއިން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން އަނިޔާވި މީހާގެ އާއިލާއަށް އެހީވަމުންދާކަން އެމްބަސީއިން ހާމަކުރެއްވިއެވެ.

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މި އެކްސިޑެންޓްގައި ހިނގާފައިވަނީ ބެންކޮކްގެ ސުވަރްނަބޫމީ އެއަރޕޯޓުން އެމީހުން ޓެކްސީއެއްގައި ހޮޓަލަށް ދަނިކޮށްކަމަށް މަޢުލޫމާތުލިބެއެވެ.