ޚަބަރު

މާފް ކުރުމަކީ ކުށް ތަކުރާރު ކުރުމަށް ލިބޭ ފުރުސަތަކަށް ނަހައްދަވާ


ޓްރެފިކްގެ މައްސަލަތަކުގެ ކޮށްފައިވާ ޖޫރިމަނާތައް ސަރުކާރުން މާފްކޮށްދޭން ނިންމެވުމަކީ އެކުށް ދެވަނަ ފަހަރު ތަކުރާރު ކުރުމަށް ލިބޭ ފުރުސަތަކަށް ނުހެދުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން އިލްތިމާސްކުރައްވައިފިއެވެ.ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްރެފިކް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ، ޓްރެފިކް ޖޫރިމަނާ މާފްކުރުމާއި ބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ހިސާބުން ފެށިގެން ޤަވާއިދާ ޚިލާފަށް ޕާކުރާ ފަރާތްތައް އިތުރުވެފައިވާކަމަށާއި އެކަން އެގޮތަށް  ނުކުރުމަށް ފުލުހުން އިލްތިމާސްކުރައްވާކަމަށެވެ. އަދި ވެހިކަލް ޓޯވކުރުމާއި ސްޓިކާޖެހުމަށް ބަދަލުތަކެއް ގެނެސްފައިވާކަމަށާއި ނަމަވެސް ގޯޅިގޯޅި ކަންމައްޗާއި ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާޗަކެއްޗަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރަމުން ގެންނާނެކަމަށް ދާއޫދު ވިދާޅުވިއެވެ.ގަވާއިދާ ޚިލާފަށް ޕާކުކުރުމުން ކުރާ ޖޫރިމަނާ މައާފްކޮށްދެއްވުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލް، ކޮމެޓީ މަރުހަލާ ނިންމާ މިހާރުވަނީ، މަޖިލީހުގެ ތަޅުމަށް ހުށައަޅާފައެވެ. އަދި މި ބިލުގެ މަސައްކަތް ނިންމާ އަންނަ ހަފްތާގައި މަޖިލީހުން ފާސްކުރާނެކަމަށް ބެލެވެއެވެ.