ޚަބަރު

ސްރިލަންކާގެ ޓެކްނޮލޮޖިކަލް ކެމްޕަހުން ދެ ސްކޮލަޝިޕް ފުރުސަތު ދިނުމަށް އެއްބަސްވެއްޖެ


ދިވެހި ދަރިވަރުންނަށް ސްރިލަންކާގެ ޓެކްނޮލޮޖިކަލް ކެމްޕަހުން ސްކޮލަޝިޕް ފުރުސަތުތަކެއް ދިނުމަށް އެއްބަސްވެއްޖެއެވެ.

މަތީ ތަޢުލީމުގެ ފުރުސަތު ފަހުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަޔުގެ ދަށުން ވީ މި އެއްބަސްވުމުގެ ދަށުން ލަންކާގެ ސްރިލަންކާ ޓެކްނޮލޮޖީ ކެމްޕަހުގެ އަންޑަރ ގްރެޖުއޭޓް 2 ސްކޮލަޝިޕް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ކުރި ޓުވީޓް

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ލަންކާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ބަންޑުލާ ގުނަވަރްދަނާ ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މިބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ހަޔަރ އެޑިއުކޭޝަން މިނނިސްޓަރުން ވަނީ ދެ ޤައުމުން މަތީ ތަޢުލީމުގެ ދާއިރާ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެއެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ތަޢުލީމީ ފުރުސަތުތަކާއި، ޢިލްމު ބަދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ނިޒާމެއް ޤާއިމުކުރުމަށް ދެ މިނިސްޓަރުން ވަނީ މަޝްވަރާކުރައްވާފައެވެ.