ސިޔާސީ

އެމްޑީޕީއާއި އެކު މިރޭ ބާއްވަން އޮތް މަޝްވަރާތައް ކެންސަލް ކޮށްފި


ސަރުކާރާއި
އިދިކޮޅު އެމްޑީޕީއާއި އެކު ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން މިރޭ ބޭއްވުމަށް
ހަމަޖެހިފައިވާ ތިންވަނަ ބައްދަލުވުން ކެންސަލްކޮށްފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، މިރޭ ބާއްވަން ތާވަލްކުރި
މަޝްވަރާ ބައްދަލުވުން ކެންސަލްކުރަންޖެހުނީ މަޝްވަރާތަކުގައި ބައިވެރިވާ ބައެއް
ބޭފުޅުން ރަށުގައި ނޫޅުއްވާތީކަމަށެވެ.އެންމެ
ފަހުން ދެފަރާތުގެ މެދުގައި މަޝްވަރާތައް ބާއްވާފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ.
އެދުވަހުގެ މަޝްވަރާތަކުގައި ވަނީ ދެފަރާތުން ބައެއް ކަންކަން މިރޭ ބާއްވާ
މަޝްވަރާތަކަށް ހުށައަޅާގޮތަށް ނިންމާފައެވެ.އެންމެ
ފަހުން ބޭއްވި މަޝްވަރާތަކުގައި ވަނީ،ރާއްޖޭގެ
ސިޔާސީ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދާނެކަން ހާމަކޮށްފައެވެ.



އަނެއްކޮޅުން
އިދިކޮޅު އެމްޑީޕީން ވަނީ، ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި
ސިޔާސީ މީހުންނާއި، ހުކުމް ތަންފީޒްކުރަމުންގެންދާ ސިޔާސީ މީހުންނަށް ލުއި
ދިނުމަށް ސަރުކާރު ތައްޔާރަށް އޮތްކަން ސަރުކާރުގެ މަންދޫބުން ވިދާޅުވެފައިވާކަން
ހާމަކޮށްފައެވެ.އެމްޑީޕީން
ބުނެފައިވަނީ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލް އަދާކުރުމަށް އަވަށްޓެރި
އިންޑިޔާބައިވެރިކުރަން އެޕާޓީން ހުށަހެޅިނަމަވެސް އެކަން މިހާރު ނުހިމެނޭކަމަށެވެ.
އަދި މަޝްވަރާކުރުމަށް އެމްޑީޕީން ކަނޑައަޅާފައިވާ ޓީމުގައި ކުރީގެ ރައީސް މުހައްމަދު
ނަޝީދުގެ ނަން ހިމެނިފައިވުމަކަށް ސަރުކާރުންވެސް މިހާރު ދެކޮޅު ނުހަދާކަމަށް
އެމްޑީޕީން ބުނެއެވެ. ހޯމް
މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ މިމަޝްވަރާތަކުން ރަގަޅު ނަތީޖާއެއް
ނުކުންނާނެކަމަށް ސަރުކާރުން އުއްމީދުކުރާކަމަށެވެ. އަދި ސިޔާސީ މަޝްރަހު ފިނިކުރަން
ކުރެވޭނީ ކޮން ކަމަކަށްތޯ މިމަޝްވަރާ  ބައްދަލުވުމުގައި މަޝްވަރާ ކުރެވުނުކަމަށާއި، މިއީ
ވަކި ބަޔަކު މޮޅުވެ ބަލިވުން ކަނޑައަޅާނެ މަޝްވަރާތަކެއް ނޫންކަމަށް ވިދާޅުވެފައެވެ.