ޚަބަރު

ސަފާރީއަކަށް އަރައި ބިރު ދެއްކި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި


ސަފާރީއެއްގެ ވެރިމީހާ ސަފާރީއަށް އަރައި އޭގައި ތިބި މީހުންނަށް ބިރު ދެއްކި މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފިއެވެ.

ސަފާރީ އުޅަނދުގެ ވެރިމީހާ އެއުޅަނދަށް އަރައި އޭގައި ތިބި މީހުންނަށް ބިރު ދައްކާފައި ވަނީ މަސްތުގެ ހާލުގައި ހުރެގެން ކަމުގައި ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ، އެ މީހާ ހައްޔަރުކޮށްފައި ވަނީ އދ. ދިއްދޫ ބޭރުގައި އަޅާފައިވާ ސަފާރީއަކަށް އަރާ އެ ސަފާރީގައި ތިބި ބަޔަކަށް ސަފާރީގެ ވެރިމީހާ ބިރުދައްކަމުންދާކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އެ އުޅަނދަށް ގޮސްކަމުގައެވެ. ހައްޔަރުކޮށްފައިވާ މީހާއަކީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.