ޚަބަރު

ވައިކަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފި


ހދ. ވައިކަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މަޢުލޫމާތުދޭ ގޮތުގައި ވައިކަރަދޫގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކުގެ ބޯ ފަޅައިގެން ގޮސް، ހާލު ސީރިއަސްވުމުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި އޭނާއަށް އަންނަނީ ފަރުވާ ދެމުންނެވެ. އައިސީޔޫގައި ފަރުވާދެމުންދަނީ 48 އަހަރުގެ ފިރިހެނަކަށެވެ. މި އެކްސިޑެންޓްގައި ދެން އަނިޔާވީ 20 އަހަރުގެ ޒުވާން ފިރިހެނަކަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި 20 އަހަރުގެ ޒުވާނާއަށް ވައިކަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަަބަބު ދެނެގަތުމަށް މަސައްކަތް މިހާރު ކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.