ޚަބަރު

ވަގު ޕާސްޕޯޓެއްގައި އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި


ނަކަލު ކޮށްފައިވާ ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ. އިމިގްރޭޝަނުން ވިދާޅުވީ ވަގު ޕާސްޕޯޓެއް ހަދައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރަނިކޮށް ހިފަހައްޓާފައިވަނީ 31 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށެވެ. އެހެންނަމަވެސް އެމީހާއާއި ބެހޭ އެއްވެސް ތަފްސީލެއް އިމިގްރޭޝަނުން އާއްމެއް ނުކުރެއެވެ.

ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ގިނަ ބަޔަކު އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައެވެ. އެގޮތުން ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 16 މީހަކު މިއަހަރުގެ މިހާތަނަށް ވަނީ އިމިގްރޭޝަނުން ހިފަހައްޓާފައެވެ. މިގޮތަށް ހިފަހައްޓާ މީހުންނާއި މެދު ޢަމަލުކުރާ ގޮތަކީ އަނބުރާ އެމީހެއްގެ ޤައުމަށް ފޮނުވާލުމެވެ.

އިމިގްރޭޝަނުންވަނީ އެއަރޕޯޓްތަކާއި، ޕޯޓްތަކުގެ ސެކިއުރުޓީ ސިސްޓަމްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފިިިިންގަރ ޕްރިންޓާއި، ކެމެރާއާއި، ސެކުއިރިޓީ ސޮފްޓްވެއަރތައް ވަނީ އަޕްގްރޭޑްކޮށްފައެވެ.