ކުޅިވަރު

ބެންތަލެބް ޓޮޓެންހަމްއާއެކު އިތުރު 5 އަހަރަށް ސޮއިކޮށްފި


ޓޮޓެންހަމްގެ މިޑްފިލްޑަރ ނާބިލް ބެންޓަލެބް އެ ޓީމާއެކު އިތުރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.ބެންތަލެބް ޓޮޓެންހަމްއާއެކު އިތުރު ފަސް އަހަރަށް ސޮއިކުރުމަށްފަހު ބުނެފައިވަނީ ޓޮޓެންހަމްއަކީ އޭނާއަށް ވަރަށް ހާއްސަ ޓީމެއް ކަމަށާ އެ ޓީމާއެކު އިތުރު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ ލިބުނު ވަރަށް ހިތްހަމަ ޖެހުމެއް ކަމަށެވެ.ވިހި އަހަރުގެ އަލްޖީރިއާގެ ބެންތަލެބް ޓޮޓެންހަމްއަށް ބަދަލުވެފައިވަނީ ދެހާސް ބާރަވަނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާރގައެވެ.ބެންތަލެބް އެ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދީފައިވަނީ ދެހާސް ތޭރަވަނަ އަހަރުގެ ޑިސެމްބަރު މަހު ސައުތަމްޕްޓަން އާ ދެކޮޅަށް ކުޅުނު މެޗުގައެވެ.މިދިޔަ ސީޒަންގައި ބެންތަލެބް ވަނީ ޓޮޓެންހަމްއަށް ތިރީސް ފަސް މެޗް ކުޅެދީ އެއް ގޯލް ކާމިޔާބުކޮށްދީފައެވެ.ބެންތަލެބް ވަނީ ނިމިދިޔަ ވާލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އަލްޖީރިއާ ޓީމަށްވެސް ކުޅެފައެވެ.