ވިޔަފާރި

އެމްޓީސީސީން "ކަށަވަރު ޕްރޮމޯ" ފަށައިފި


އެމްޓީސީސީއިން "ކަށަވަރު ޕްރޮމޯ" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

ކަށަވަރު ޕްރޮމޯއަކީ ކޮންމެ އަހަރެއްގެ ފަހުކޮޅު އެމްޓީސީސީ ކަށަވަރު ޝޯވ ރޫމުން ކުރިޔަށްގެންދާ ޕްރޮމޯޝަނެއްކަމަށް އެމްޓީސީސީން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ޕްރޮމޯޝަންގައި ސުޒުކީ އިންޖީން، ޔަންމާ 115 ހޯސްޕަވަރގެ އިންޖީން، އިންޑަސްޓިރިއަލް ގޭސް، ސިގްމާ މެރިން ދަވާދު އަދި ޔަންމާ އަދި ސުޒުކީ އިންޖީންގެ ސްޕެއަރ ޕާރޓްސްއިން ވަރަށް ޙާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.

އެމްޓީސީސީން ދަތުރުފަތުރުގެ ޚިދުމަތާއި، ބަނދަރުހެދުމާއި، ބިންހިއްކުމާއި، ފަޅު ފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތްކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކުރިއަށްގެންދެއެވެ.