ޚަބަރު

ސިހުރުހަދަން ބޭނުންކުރާކަމަށް ބެލެވޭ ސާމާނުތަކެއް ލ.ގަމުން ހޯދައިފި


ލ. ގަމުގައި ސިހުރުހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ، މި ސާމާނުތައް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ލ.ގަމުގެ ގެއެއް ބަލާ ފާސްކުރުމުގެ ތެރެއިންކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސާމާނުތައް ގެނެސްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ލ. ގަން މަތިމަރަދޫގެ ބަލާ ފާސްކުރުމުގެ ތެރެއިންކަން ފުލުހުން ހާމަކުރެއްވިއެވެ. މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މި މައްސަލަ ތަޙުޤީޤްކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.