ޚަބަރު

ކެލާ ސްޕަރލީގް 2019 ޗެންޕިއަންކަން ކެލާގެ ފެނަކަ ހޯދައިފި


ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ކެލާ ސްޕަރލީގް 2019 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކެލާގެ ފެނަކަ ޓީމުން ހޯދައިފިއެވެ. ފައިނަލް މެޗްގައި ބައްދަލުކުރީ ކެލާ ފެނަކައާއި، އަތިރި އިން ކެލާއެވެ. މި މުބާރާތުގައި ހަތަރުޓީމެއް ވާދަކޮށްފައި ވެއެވެ.

ފައިނަލް މެޗްގައި ވަގުތު ހަމަވިއިރު، އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެހެންކަމުން ޕެނަލްޓީ ޖަހައިގެން 3 – 1 މޮޅުވެ މުބާރާތުގެ ޗެންޕިއަންކަން ފެނަކަ ޓީމުން ހޯދިއެވެ. އަހަރަކު އެއްފަހަރު ކުޅޭ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ކެލާ ޕްރީސްކޫލްގެ ޓީމެވެ. ފެނަކަ ޓީމުން ޗެންޕިއަންކަން ހޯދި މިއީ ދެވަނަ ފަހަރެވެ.

ފައިނަލް މެޗްގެ މޭން އޮފްދަ މެޗަކަށް ހޮވުނީ ފެނަކަ ޓީމުގެ އަބްދުﷲ ޒިމާމުއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަޤާމުވެސް އޭނާ ވަނި ހޯދަފައެވެ. .މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ފެނަކަ ޓީމްގެ ނޫރުﷲ ޠާހާއެވެ. އެންމެމޮޅު ޒުވާން ކުޅުންތެރިއަކީ އަތިރި އިން ޓީމުގެ މުޙައްމަދު މާއިޒު ހަމީދެވެ.

މި މުބާރާތުގައި ކުޅުނު އެންމެމޮޅު ފަސްކުޅުންތެރިންނަކީ މުޙައްމަދު މާއިޒް އަތިރި އިން، ޢަލީ ފަރުޚާން އަތިރި އިން، އިބްރާހީމް ފާރިޝް އަތިރި އިން. ޢަބްދުﷲ ޒިމާމް ފެނަކަ، ނޫރުﷲ ތާހާ ފެނަކަޓީމެވެ.

މިއީ ކެލާގައި ހުންނަ ސަރުކާރުގެ އިދާރާތަކާއި ކެލާގައި ވިޔަފާރި ހިންގާ ފަރާތްތަކަށް ހުޅުވައިލައިގެން ބޭއްވި މުބާރާތެކެވެ.

2020 ވަނަ އަހަރު ވެސް މިފަަދަ މުބާރާތެއް އޮންނާނެ ކަމަށާ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 1 ގައި ކަމަށް މުބާރާތް ހިންގާ ފަރާތުން މައުލޫމާތު ދެއްވައެވެ.