ގއ. ވިލިނގިލީގައި ހުންނަ ފެނަކަ ބްރާންޗުގައި ކަރަންޓުގެ މަސައްކަތެއް ކުރަނިކޮށް ކަރަންޓުގައި ޖެހި ޙާލު ސީރިއަސްވި މީހާގެ ޙާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ކަރަންޓުގައި ޖެހިފައިވަނީ ގއ. ވިލިނގިލީގައި ހުންނަ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ އެތަނުގެ މުވައްޒަފެއް ކަމަށެވެ. އޭނާ ކަރަންޓުގައި ޖެހިފައިވަނީ އެތަނުގައި ކަރަންޓުގެ މަސައްކަތް ކުރަމުން ދަނިކޮށެެވެ.
ވިލިނގިލީ ކައުންސިލުން ބުނީ މިހާދިސާ ހިނގާފައިވާކަމަށް ބެލެވެނީ ކަރަންޓުގައި ޖެހުނު މީހާ ކޯރެއް ކޮންނަން އުޅެނިކޮށް ސުޕަވައިޒަރަކަށް ހުރި މީހާ އެތަނުގައި ކަރަންޓު ދޭން ބޭނުންކުރާ ބްރޭކަރު ނެގުމުން ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. ފުލުހުން ބުނީ މި މި މައްސަލައާއި ގުޅިގެން ބަލަންޖެހޭކަންކަން ހުރުމުން މިކަންކަން ބަލަމުންދާކަމަށެވެ.