ޚަބަރު

މުރައިދޫގައި ކުޅިވަރު އެކަޑަމީއެއް ހުޅުވައިފި


ހ.މުރައިދޫ ގައި ނިޔާ އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް ހުޅުވައިފިއެވެ.

މި އެކަޑަމީގައި 41 އަންހެން ކުދިންނާއި 68 ފިރިހެން ކުދިންނާއި އެކު ޖުމްލަ 109 ދަރިވަރުން ރަޖިސްޓްރީ ވެފައިވެއެވެ. ފުޓް ބޯޅަ، ވޮލީ ބޯޅަ، އަދި ހޭންޑް ބޯޅައަށް ޚާއްޞަ ކޮށްގެން ހިންގާ މި އެކަޑަމީން ކުޅިވަރުގެ އިތުރުން އިޖްތިމާޢީ ގިނަ ޙަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައެވެ.

އެގޮތުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެކަޑަމީގެ ދަރިވަރުންގެ މެދުގައި ޤުރުޢާން މުބާރަތް ބޭއްވުމާއި މިނޫން ވެސް އެހެން ޙަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކަޑަމީގެ އަމާޒަކީ ކައިރި މުސްތަޤުބަލެއްގައި ހއ ގެ އެހެން ދެ ރަށެއްގައިވެސް މިއެކަޑަމީގެ މަސައްކަތް ފަށައި ހުޅުމާލޭގައި ވެސް އެކަޑަމީގެ ގޮތްޕެއް ހުޅުވުމެވެ. ފުޓުބޯޅައިގައި ކޯޗެއްގެ ގޮތުން ފާހަގަ ކުރެވޭ އަޙްމަދު ނިޔާޒު މޫސާ އުފެއްދި ނިޔާ އެކަޑަމީގެ މަޤްޞަދަކީ ހއ އަތޮޅުން އަޚްލާގު ރަނގަޅު، އަދި ހުނަރުވެރި ކުޅުންތެރިން ތަކެއް އުފައްދައި، ކުޅިވަރުގެ މައިދާނަށް ނެރުމެވެ.