ޚަބަރު

އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ސެމީ ފައިނަލަށް ޓީމްތައް ދަތުރު ކޮށްފި


އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ސެމީ ފައިނަލަށް ޓީމްތައް ދަތުރުކޮށްފިއެވެ.

އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ސެމީ ފައިނަލަށް ދިޔަ ޓީމްތަށް ކަށަވަރުވީ ހުކުރު ދުވަހުގެ ރޭ ކުޅެވުނު ކުއާޓާރ ފައިނަލްގެ މެޗްތަކަށް ފަހުގައެވެ. އެގޮތުން ވިއޯރާ ސިޓީ ސެމީ ފައިނަލް ކަށަވަރުކުރީ ކުއާޓާރ ފައިނަލްގެ ފުރަތަމަ މެޗުގައި ވިއޯރިއަންސްގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. އަދި ސްޓާރ ފޯސް ސެމީ ފައިނަލް ކަށަވަރު ކުރީ ކުއާޓާރ ފައިނަލްގެ ދެވަނަ މެޗްގައި ޔަންގްސްޓާރގެ މައްޗަށް ކުރިހޯދައިގެންނެވެ. ސެމީފައިނަލްގެ ހަތަރުވަނަ ޖާގަ ހޯދީ ފޯރިގަދަ ކުޅުމަކަށްފަހު ކެޕިޓަލް ސިޓީ ކްލަބެވެ. މީގެ އިތުރުން ސެމީ ފައިނަލްގެ ފުރުތަމަ ޖާގަ ކަށަވަރުކުރި ޓީމަކީ ސޫރިޔާ ސްޕޯޓްސްއެވެ. އެޓީމް ސެމީގެ ފުރުތަމަ ޖާގަ ކަށަވަރުކުރީ ގްރޫޕްގެ އެންމެ ނަތީޖާ ރަނގަޅު ޓީމްގެ ގޮތުގައެވެ.

މި މުބާރާތުގެ ސެމީފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ 7 ޑިސެމްބަރ ގައި ބާރަށު ފުޓްސަލް ދަނޑުގައެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ސޫރިޔާ ސްޕޯޓްސް އާއި ވިއޯރާ ސިޓީކްލަބެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލު ކުރާނީ ސްޓާރ ފޯސްކަލަބާއި ކެޕިޓަލް ސިޓީކްލަބެވެ.

ޑިސެމްބަރ އެކަކުން ނުވަޔަކަށް ބާރަށު ފުޓްސެލްދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވާދަކުރެއެވެ.