ޚަބަރު

ޓްރެކް ސަރަހައްދަށް މޫދަށް އެރޭ މީހުންނަށް ފެންވެރޭނެ އިންތިޒާމް


މާލޭގެ ޓްރެކް ސަރަހައްދަށް ފަތަންދާ މީހުންނަށް ރީތި ފެނުން ފެންވެރޭނެ އިންތިޒާމެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ހަމަޖައްސާދީފިއެވެ.ބޮޑުތަކުރުފާނުމަގު ސްޓެލްކޯ ކަންމަތީ ތައްޔާރުކުރި "ފެންމާ" ހުޅުއްވައިދެއްވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދު މި ހުޅުވުނު މާގަނޑުތަކުގެ ފެން ބިލް ކުޑަ ދުވަސްކޮޅެއް ވަންދެން ބަލަހައްޓާނީ ހައުސިން މިނިސްޓްރީން ކަމަށާއި ކުރިއަށް އޮތްތަނުގައި އެތަނުން  ދޫކުރާ ފެނަކީ ސްޓެލްކޯއިން އުފައްދާ ފެނަށް ވެގެންދާނެ ކަމަށެވެ.މިނިސްޓަރ ވިދާޅުވީ ޓްރެކް ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި ފަސޭހަ މާހައުލެއް ގާއިމް ކޮށްދިނުމަށްޓަކާ އެސަރަހައްދުގައި ފަސޭހަގޮތްތަކެއް ހަމަޖައްސާ ދެއްވާނެކަމަށެވެ.މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަބްދުއްޝުކޫރު ވިދާޅުވީ އެފަދަ މާގަނޑުތަކެއް ގާއިމް ކުރުމަކީ ވަރަށް ކުރިއްސުރެވެސް ސްޓެލްކޯއިން ކުރަން އުޅުނު ކަމެއް ކަމަށާއި ކުރިން އެކަން ނުވެއޮތީ ބިމެއް ހަމަނުޖެހުމުން ކަމަށެވެ.