ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: 400 މީޓަރ ދުވުމުގެ ފައިނަލްގައި ހިމްނާ 7 ވަނައަށް


13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރ ދުވުމުގެ އަންހެނުންގެ އިވެންޓްގެ ފައިނަލްގައި ރާއްޖޭގެ ދުވުންތެރިޔާ ހިމްނާ ޙަސަން ވާދަކޮށް 7 ވަނާގައި ރޭސް ނިންމާލައިފިއެވެ.

400 މީޓަރ ދުވުމުގެ ފައިނަލަށް ހިމްނާ ދަތުރުކުރީ އޭނާ ވާދަކުރި 2ވަނަ ހީޓުން 4ވަނަ ހޯދައިގެންނެވެ. ހިމްނާ ރޭސް ނިންމީ1 މިނިޓް 1ސިކުންތުންނެވެ. ފައިނަލުގެ ޖާގަ ހިމްނާ ކަށަވަރު ކުރީ ނޭޕާލުގެ އަރޫނާ ރިޖާލަށް ވުރެ އަވަހަށް ރޭސް ނިންމާފައި ވުމުންނެވެ. އަރޫނާ ރޭސް ނިންމީ 1.03 އިން ނެވެ.

400 މީޓަރ ދުވުމުގެ ފައިނަލްގައި ހިމްނާ ދިޔައީ 7ވަނަ އަށެއެވެ. އެއީ 1މިނިޓް 2ސިކުންތުންނެވެ. ފައިނަލް ހީޓުގައި 8 ކުޅުންތެރިން ވާދަކުރިއިރު، ބަނގްލަދޭޝްގެ ޝަބިއްޔާ އަލް ސޯހާއަށް ރޭސް ނުނިންމުނެވެ.

ފައިނަލްގައި 1ވަނަ ހޯދައި ރަން މެޑަލް ހާސިލު ކުރީ، ލަންކާގެ ދިލްޝާ މަހީޝާ އެވެ. އޭނާ ރޭސް ނިންމީ 53.40 ސިކުންތުންނެވެ.