ޚަބަރު

އައްޑޫސިޓީގައި 50 އަށް ވުރެ ގިނަ ބަނގުރާފުޅި ނައްތާލައިފި


ފުލުހުންގެ ބެލުމުގައި ދަށުގައި ހުރި 50 އަށް ވުރެ ގިނަ ބަނގުރާފުޅި އައްޑޫސިޓީގައި ނައްތާލައިފިއެވެ.

މިތަކެތިނައްތާލީ އައްޑޫސިޓީ ގަމުގައި ފުލުހުންގެ ބެލުމުގެ ދަށުންނެވެ. މިއީ ތަފާތު އެކިއެކި މައްސަލަތަކުގައި ހިތަދޫ އާއި ގަމުގެ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާ ބަނގުރާ ފުޅިތަކާއި، ގަން އެއާޕޯޓުން ފަތުރުވެރިން އަތުން އަތުލެވޭ ބަނގުރާފުޅި ތައް ކަމަށް ފުލުހުން ބުނެއެވެ. އިއްޔެ ނައްތާލާފައިވަނީ ޖުމްލަ 53 ބަނގުރާފުޅި އާއި ބަނގުރާ އަޅާފައިވާ ހަމެކެވެ.

އެގޮތުން ހިތަދޫ ޕޮޮލިސް ސްޓޭޝަނުން 11 ފުޅި އާއި 1 ހަން ނައްތާލާފައި ވާއިރު، ގަން ޕޮލިސް ސްޓޭޝަނުން 42 ފުޅި ވަނީ ނައްތާލާފައެވެ. ފުލުހުން ބެލުމުގެ ދަށުގައި ހުރި ބަނގުރާ ފުޅި ތައް ނައްތާލާފައި ވަނީ މިކަމަށް ޓަކައި އޮންނަ ޤަވާއިދުގެ ދަށުުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބަނގުރަލާއި މަސްތުވާތަކެތީ ނައްތާލުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާ އިރު، މިގޮތަށް ގެނެވޭ ތަކެތީގެ ތެރެއިން ޤާނޫނުނުން ލާޒިމް ކުރާމިންވަރު ފިަވައި އެހެން އެއްވެސް އެއްޗެއް ނުބަހައްޓާ ނައްތާލާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މީގެ ކުރީން މިގޮތަށް ގެނެވޭ ތަކެތި ގިނަ ފަހަރު ނައްތާލަނީ އެގެނޭވޭ މައްސަލަ ބަލައި ތަހުގީގު ކޮށް ހުރިހާ އިޖުރާތެއް ފުރިހަމަ ކުރުމަށް ފަހުއެވެ.