ޚަބަރު

މީހަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި


މީހަކު ރަހީނުކޮށް ބިރުދައްކައި އަނިޔާކުރިކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހު ހދ. ހަނިމާދޫގައި ބަޔަކު 22 އަހަރުގެ ދިވެހި ފިރިހެނަކަށް ބިރުދައްކައި އަނިޔާކޮށް ރަހީނުކޮށްގެން ގެންގުޅޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ. އަދި ފުލުހުން ކުރި މަސައްކަތުން ހޯމަ ދުވަހު އެމީހާ ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އެ ދެ މީހުންގެ ބަންދަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.