ކުޅިވަރު

ކެލާ ސުޕަރ ލީގް 2019 ފުޓްބޯޅަ މުބާރާތް ފަށަައިފި


ކެލާ ސުޕަރލީގު 2019 ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ބުރާތް ފެށުމުގެ ގޮތުން ކެލާ ބޯޅަދަނޑުގައި ކުޅެވުނު ފުރަތަމަ މެޗް ޝަރަފުވެރި ކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޙުސައިނެވެ.

މި މުބާރާތަކީ ކެލާގައި ހުންނަ ސަރުކާރުގެ އިދާރާތަކާއި ކެލާގައި ވިޔަފާރި ހިންގާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ހަތަރު ޓީމެއް ބައިވެރި ވެފައި ވެއެވެ. އެއީ ފެނަކަ ކެލާ ބްރާންޗް، ކެލާ ލިލީ ޕްރީސްކޫލް، އަތިރި އިން ކެލާ، ކެލާ ވޯޓަރ ސްޕޯޓްސްއެވެ. މުބާރާތުގެ ފުތަރަމަ މެޗްގައި ބައްދަލުކުރީ ކެލާ ފެނަކަ ބްރާންޗުގެ ޓީމާއި އަތިރި އިން ކެލާ ޓީމެވެ. 2- 0 އިން މެޗް ކާމިޔާބުކުރީ ކެލާ ފެނަކަ ޓީމެވެ.

މި މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވަނީ ކެލާ ވޯޓަރ ސްޕޯޓްސް ޓީމާއި، ކެލާ ލިލީ ޕްރީސްކޫލްގެ ޓީމެވެ. މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:50 ގައެވެ