ބޮޑެތި ބިންތަކާއި ދިގު މުއްދަތަށް ދޫކުރާ ބިން ދޫކުރުުމުގައި ޕްލޭނިންގ މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ޤަވާއިދަށް އިސްލާޙު ގެނެސްފިއެވެ.
ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ، ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަަކަށް، ބިންދޫކުރުމުގެ ޤަވާއިދުގެ ދަށުން މީގެ ކުރިން އެ ހުއްދަ ދެމުން އައިސްފައި ވަނީ ހައުސިންގ މިނިސްޓްރީންނެވެ.
ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަަކަށް، ބިންދޫކުރުމުގެ ޤަވާއިދަށް ގެނައި ފުރަތަމަ އިސްލާޙުގައި ބުނެފައި ވަނީ، 10 އަހަރުގެ މުއްދަަތަށް ވުރެ ދިގު ދޫކުރާ ބިންތަކާއި އަދި 10،000 އަކަފޫޓަށް ވުރެ ބޮޑެތި ބިންތައް، އަމިއްލަ ފަރާތަކަށް ނުވަތަ ސަރުކާރުގެ އިދާރާއެއްގެ ބޭނުމަށްވެސް ދޫކުރަން ވަނީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ މަޝްވަރާ އާއި ހުއްދަ ލިބިގެން ކަމަށެވެ.
2018 ވަނަ އަހަރު އެކުލަވާލައި ތަންފީޒު ކުރަންފެށި ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަަކަށް، ބިންދޫކުރުމުގެ ޤަވާއިދަކީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކުރުމަށް ފަހުގައި އެކުލަވާލައި ތަންފީޒުކުރަން ފެށި ޤަވާއިދެކެވެ.
ރާއްޖޭގެ ބައެއް ރަށްތަކުގައި ލޯކަލް ޓޫރިޒަމް ފުޅާވެގެންދާއިރު، ހަރުދަނާ ނިޒާމެއްގެ ދަށުން ބިންތައް ދޫކުރުމަށް ސަރުކާރުން އަންނަނީ ޕްލޭންތަކާއި ޤަވާއިދުތައް އެކުލަވާލަމުންނެވެ.