ޚަބަރު

މާލޭގެ ގެއެއްގެ 2 ވަނަ ފަންގިފިލާގައި ރޯވެ ގެއްލުންތަކެއް ވެއްޖެ


މައްޗަންގޮޅީ މިލްކޯރާ ގޭގެ ދެވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.ބިދޭސީން ދިރިއުޅެމުންދާ މި އެޕާޓްމަންޓްގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ މިލްކޯރާގޭގައި އަލިފާނުގެ ހާދިސާ ހިންގައިގެން އުޅޭކަން ފުލުހުންނަށް އަންގާފައިވަނީ، މިރޭ ހަތްގަޑި ތިރީސް އެހާކަންހާއިރު ކަމަށާއި، ފަޔަރ އެންޑް ރެސްކިއު ސާވިސްއާއި ފުލުހުންގުޅިގެން އަލިފާން މުޅިން ނިއްވާލެވިފައި ވަނީ އައްގަޑި ދިހައެއްހާއިރުކަމަށެވެ.އަލިފާނުގެ މިހާދިސާގައި މިލްކޯރާގޭގެ ދެވަނަ ފަންގިފިލާ ވަރަށް ބޮޑަށް އަނދާފައިވާއިރު ހާދިސާ ހިނގި ސަބަބު ތަހްގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.