ވިޔަފާރި

މޮބައިލް ބޭންކިންގ އެޕްލިކޭޝަނެއް ބީއެމްއެލްއިން ތައާރަފްކޮށްފި


މޮބައިލް ބޭންކިންގ އެޕްލިކޭޝަނެއް ބޭންކް އޮފް މޯލްޑިވްސް
އިން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.



 



ސީހައުސް ރެސްޓޯރެންޓްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި
ތައާރަފްކުރެވުނު މި އެޕްލިކޭޝަނަކީ އެޕަލް އަދި އެންޑްރޮއިޑް ސްމާޓްފާނުތަކުގައި
ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން
މެދުވެރިކޮށް ބީއެމްއެލްގެ ކަސްޓަމަރުންނަށް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި
ބޭންކް އެކައުންޓް ބަލާލުމާ،ފައިސާ ޓްރާންފާރ ކުރުމާއި، ބިލްތަކަށް ފައިސާ
ދެއްކެމުގެ ޚިދުމަށް ލިބިގެންދާނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.



 



މިހާރު
އިންޓަރނެޓް ބޭންކިންގެ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލްގެ މި
އެޕްއަށް އޮޓަމެޓިކުން ރެޖިސްޓްރީކުރެވޭނެކަމަށާ،އެފަރާތްތަކުބް މިހާރު ބޭނުންކުރާ
ޔޫސާރ ނޭމް އަދި ޕާސްވޯޑް ބޭނުންކޮށްގެން އެޕްއަށް ލޮގިންކުރެވޭނެކަމަށް ބޭންކުން
ބުނެއެވެ. އިންޓަނެޓް ބޭންކިންއަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކުން އިންޓަރެނެޓް
ބޭންކިން އެޕްލިކޭޝަން ފޯމް ބޭންކުގެ ކޮންމެ ބްރާންޗްއަކަށް ހުށައަޅައިގެންވެސް
ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.