ސިއްހަތު

ފޮގް މެޝިން ނެތް ރައްތަކަށް ފޮގް މެޝިން ފޮނުވައިފި


ޑެންގީހުން
ފެތުރެމުންދާ ރައްތަކުގެ ތެރެއިން ފޮގް މެޝިންނެތް ރައްތަކަށް ފޮގް މެޝިން މިހާރު ފޮނުވާފައިވާކަމަށް
ހެލްތު މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ޑެންގީ ހުން
ކޮންޓްރޯލް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން، އިސްކަންދަރު ސްކޫލްގައި
ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ
ވިދާޅުވީ، މީގެ އިތުރުން ޑެންގީ ހުމުގެ ކޭސްތައް ފެންނަމުންދާކަމަށް ފާހަގަ
ކުރެވިފައިވާ 9 އަތޮޅަކަށް
ވެސް ފޮގް މެޝިން ފޮނުއްވާނެކަމަށެވެ.

މީގެ އިތުރުން ކާބޯތަކެތީގެ
ކޮލިޓީ ބެލުމަށްޓަކާ ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނުގެ ސާފްތާހިރުކަމަށް
ބަލަމުންދާކަން ހެލްތު މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަދިރި އުފެދޭތަންތަން
ނައްތާލުމަށްޓަކައި ހައުސިން މިނިސްޓްރީން ކުރައްވަމުން ގެންދަވާދާ މަސައްކަތްތަކާ
ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު
ވިދާޅުވީ،
ކޮންސްޓްރަކްޝަން ސައިޓްތަކަށް ޒިޔާރަތްކޮށް މަދިރި އުފެދޭތަންތަން ނައްތާލުމުގެ
މަސައްކަތް ކުރެވެމުންދާކަމަށާއިމަދިރި އުފެދޭގޮތައް ހުރިތަންތަން ނައްތާލުމާއި، ކޮންސްޓްރަކްޝަން
މަސައްކަތް ކުރާ ފަރާތްތައް ހޭލުންތެރިކުރުވުމުގެ 
މަސައްކަތް ވެސް އެމިނިސްޓްރީން ކުރައްވަމުންގެންދަވާކަމަށެވެ.











މަސީގެ ފަރާތުން ކުރަމުންދާ
މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަސީގެ ނައިބުރައީސް އަދުނާން  ހަލީމް ވިދާޅުވީ، މަދިރި އާލާވުން ހުއްޓުވުމަށްޓަކައި
ކުރަންވީ ހުރިހާކަމެއް ކުރުމަށް ހުރިހާ ފަރާތަކުން އެއްބާރުލުންދީ، ސައިޓްތައް
ސާފްކުރުމުގައި މިދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދިނުން މުހިންމުކަމުގައެވެ. އަދި
މިކަމުގައި ސައިޓްތަކުން އެއްބާރުލުން ދެއްވަމުން ގެންދަވާކަން އޭނާ
ފާހަގަކުރެއްވިއެވެ.