ވިޔަފާރި

އުރީދޫ މޯލްޑިވްސްގެ ޚާއްސަ ގޮތުންކުރާ އާންމު ޖަލްސާއެއް ބާއްވަނީ


އުރީދޫ މޯލްޑިވްސްއިން ޚާއްސަ ގޮތުންކުރާ އާންމު ޖަލްސާއެއް މިމަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ މި ޖަލްސާ ބާއްވާނީ މިމަހުގެ 16 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ހޮޓެލް ޖެންގައިކަމަށެވެ.

މި ޖަލްސާގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް އިސްލާހުތައް ހުށައަޅައި، އެ އިސްލާހުތަކަށް މަޝްވަރާކުރުމަށްފަހު އެ އިސްލާހުތައް ފާސްކުރަން ވޯޓަށް އެހުންކަމަށެވެ. އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުއިން ލިބެންހުންނާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ޙިއްސާދާރެއްގެ ގޮތުގައި 11 ޑިސެންބަރާއި ހަމައަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނޭކަމަށް އުރީދޫއިން ބުނެއެވެ.

ޚާއްސަ ގޮތުން ކުރާ މި އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު މިމަހުގެ 12 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހަށް ހުށައެޅުމަށްވެސް އެ ކުންފުނިން އެދެއެވެ.