ސިޔާސީ

"ޓެރަރިޒަމް މަނާކުރުމުގެ ބިލު" މަޖިލީހަށް ހުށަހަޅުއްވައިފި


 "ޓެރަރިޒަމް މަނާކުރުމުގެ ބިލު" ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.މި ބިލަކީ، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ޒަމާނާ އެއްގޮތްވާ ގޮތުގެ މަތިން ޓެރަރިޒަމްގެ ޢަމަލުތައް މަނާކުރުމާއި، ކުށްވެރިކުރުމާއި، އަދި އެފަދަ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން ޚާއްޞަ އިޖުރާއަތްތަކެއް ކަނޑައަޅާފައިވާ ބިލެކެވެ.މީގެ އިތުރުން ޢާންމުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމުގެ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މިނިވަންކަމާއި ޙައްޤުތައް ހިފެހެއްޓުމަށް އެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރެއިން ޓެރަރިޒަމްގެ ޢަމަލުކުރާކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ހިފަހައްޓާ، އެފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އުސޫލުތައްވެސް މި ބިލްގެ ދަށުން ކަނޑައެޅިގެންދާނެއެވެ.