ޚަބަރު

މާލޭގެ އެއްގަމު ތޮށި ސާފު ކުރުމުގެ މަސައްކަތް ފަށައިފި


މިނިވަން ފަންސާހަށް މާލެ ޒީނަތްތެރިކޮށް ސާފު  ކުރުމުގެ މަސައްކަތުގެ ތެރެއިން މާލޭގެ އެއްގަމު ތޮށި ސާފު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފިއެވެ.ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ ވަށައިގެން ލާފައިވަ އެއްގަމު ތޮށީގައި އެކި ފަރާތްތަކުން ހަރުކޮށްފައިވާ ޕޯސްޓަރުތައް ނަގައި، އެ ތަނުގައި ހުރި ކުރެހުންތައް ފޮހެ ކުލަ ލާނެ ކަމަށާއި، އެކި ހިސާބުތަކުގައި މިނިވަން ފަންސާހުގެ ލޯގޯ ޖަހާނެ ކަމަށެވެ.ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތަކުން އެއްގަމު ތޮށީގައި ޕޯސްޓަރު ހަރުކޮށް، ކުރެހުންތައް ނުކުރެހުމަށާއި، މާލެ ތެރެއަށް  ކުނި ނޭޅުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް މިނިވަން ފަންސާހާ ގުޅުވައިގެން މާލެތެރެ ޒީނަތްތެރި ކުރުމަށް މާލޭގައި ހުރި ޕާކުތައް ސާފުކޮށް ހިތްފަސޭހަ ތަންތަނަށް ހެދުމަށް މިނިސްޓްރީންވަނީ މަސައްކަތް ފަށާފައެވެ.