ޚަބަރު

ހުޅުމާލޭގައި ހުރި މަސައްކަތް ނުކުރާ ބިންތައް ނަގަނީ


ހުޅުމާލޭގެ ސިނާއީ ސަރަހައްދާއި އެހެނިހެން ސަރަހައްދު ތަކުގައި ހުރި މަސައްކަތް ނުކުރާ ބިންތައް ނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯރޕަރޭޝަން އެޗްޑީސީން ނިންމައިފިއެވެ.އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގެ މަސައްކަތް ނުފެށިވަނީ ކީއްވެގެންތޯ ބަލަމުންދާކަމަށެވެ. އަދި މި ކަންތައް ބެލުމަށްފަހު، ނަގަންޖެހޭ ބިންތައް ނަގާނެ ކަމަށާއި، އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވަ ބިންތަކުގެ ތެރެއިންވެސް ފައިސާ ނުދައްކާ ހުރި ބިންތަށް އެބަހުރި ކަމަށް ސައިމަން ވިދާޅުވިއެވެ.ސައިމަން ވިދާޅުވީ، ހުޅުމާލެ އަކީ ވަކި ޕްލޭނެއްގެ ދަށުން ތަރައްގީ ކުރަމުންދާ ތަނަކަށް ވާތީ، މަސައްކަތް ނުކުރާ ބިންތައް އެގޮތަށް ދޫކޮށްލެވެން ނެތްކަމަށެވެ.