ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލަރޓް ނެރެފިއެވެ. މި ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް ވިއްސާރަކުރާނެކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 2 ދުވަހުވެސް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ މަތީ އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށެވެ. އެއިދާރާއިން ވިދާޅުވީ މިކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާއިރު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށެވެ. އެގޮތުން މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މެޓް އޮފީހުންވަނީ ނ އަޮތޮޅުން ފެށިގެން ލ އަތޮޅަށް އަދި ގއ އަަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ.
މިހާރު ރާއްޖެއަށް ކުރާ ވިއްސާރާގައި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައާގުޅިގެން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.