ޚަބަރު

އިސްލާމިކް މިނިސްޓްރީއިން 2020 ވަނަ އަހަރުގެ ރަސްމީ ކަލަންޑަރު ވިއްކަން ފަށައިފި


މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްސްއިން 2020 ވަނަ އަހަރުގެ ރަސްމީ ކަލަންޑަރު ވިއްކަން ފަށައިފިއެވެ.

2020 ވަނަ އަހަރުގެ ކަލަންޑަރު ވިއްކަން ފެށިކަން ހާމަކޮށް އެ މިނިސްޓްރީއިން މިހާރު ވަނީ ސަރކިއުލަރއެއް ނެރެފައެވެ. މި ސަރކިއުލަރގައި އިސްލާމިކް މިނިސްޓްރީއިން ވަނީ، މިއަންނަ އަހަރަށް އެ މިނިސްޓްރީން ނެރުމަށް ހަމަޖެހިފައިވާ ކަލަންޑަރު ޗާޕުކޮށް ނިމިފައިވާކަން ހާމަކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީއިން ކުރި ޓުއީޓް

މިކަލަންޑަރަކީ ހިޖުރީ ތާރީޚާއި މީލާދީ ތާރީޚާއި ސަރުކާރުގެ ރަސްމީ ބަންދުދުވަސްތަކާއި ނަކަތްތައް އަދި ނަމާދު ވަގުތު އެނގޭނޭ ގޮތަށް ފަރުމާކުރެވިފައިވާ ކަލަންޑަރެއްކަމަށް އިސްލާމިކް މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. އެގޮތުން މި ކަލަންޑަރ ވިއްކަން ހަމަޖެހިފައިވަނީ 25 ރުފިޔާއަށް ކަމަށް އެ މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ. ނަމަވެސް 100 ކަލަންޑަރަށްވުރެ އިތުރަށް ނަންގަވާނަމަ ކަލަންޑަރެއް 20 ރުފިޔާގެ ރޭޓުން ވިއްކުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.

2020 ވަނަ އަހަރުގެ ކަލަންޑަރު ލިބެން ހުންނާނީ ފޮތް ވިއްކާ ފިހާރަތަކުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކައުންޓަރުންނެވެ.