ދުނިޔެ

5 ޤައުމަކަށް ޖަޕާނުން 6 ބިލިޔަން ޑޮލަރުގެ އިގްތިސާދީ އެހީ ދެނީ


މެކޮން ކޯރުގެ ސަރަހައްދުގެ ގައުމުތައް ކަމަށްވާ ކެންބޯޑިޔާ، ލާއޮސް، ވިއެޓްނާމް، ތައިލެންޑް އަދި ކެންބޯޑިޔާއަށް 6 ބިލިޔަން އެމެރިކާ ޑޮލަރުގެ އިގްތިސާދީ އެހީ ދިނުމަށް ޖަޕާނުން ނިންމައިފިއެވެ.ޖަޕާން ސަރުކާރުން ބުނީ ވަރުގަދަ އިންފްރާސްޓްރަކްޗަރ އެއް ބިނާކުރެވިއްޖެނަމަ ވަރުގަދަ އިގްތިސާދެއް ގާއިމް ކުރުމުގެ ގާބިލްކަމާއި ކެރިފޯރުން މިގައުމުތަކަށް ލިބިފައިވާ ކަމަށެވެ.މިފަސްގައުމަށް ދިނުމަށް ޖަޕާނުން ނިންމި 6 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަށް ރާވާފައިވަނީ ޒަމާނީ ރޭލްވޭތަކާއި ކަރަންޓް އުފައްދައިދޭ ސްޓޭޝަންތައް ބިނާކުރުމަށާއި މަގުތައް ބިނާކުރުންފަދަ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމް ކުރުމަށެވެ.ޖަޕާންގެ އެހީގައި މިތަންތަން ބިނާކޮށްދެވިއްޖެނަމަ އެތަންތަނުގެ ޒަރީއާއިން ޖަޕާނުގެ އުފެއްދުންތައް މިގައުމުތަކުގައި މިހާރަށްވުރެ ބޮޑަށް މާކެޓް ކުރެވި ޖަޕާނާއި މިގައުމުތައް ވިޔަފާރީގެ ގޮތުން ގާތްކުރެވިގެންދާނެ ކަމަށް ޖަޕާނުން ދެކެއެވެ.