ދުނިޔެ

ރަޝިޔާއިން އީރާނަށް ބަރުހަތިޔާރު ވިއްކުމަށް އެއްބަސްވެއްޖެ


ރަޝިޔާއިން އީރާނަށް އެކިބާވަތުގެ ބަރުހަތިޔާރު ވިއްކުމަށް އެއްބަސްވެއްޖެއެވެ.ރަޝިޔާގެ ޓާސް ނޫސް އެޖެންސީ ބުނާގޮތުން މިހަތިޔާރުތައް އީރާނަށް ވިއްކުމަށް ނިންމިކަން އިޢްލާންކޮށްފައިވަނީ ރަޝިޔާއަށް މިހާރު ވަޑައިގެން އުޅުއްވާ އީރާނުގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ހަބީބުﷲ ސިޔާރީ، ރަޝިޔާގެ ކަނޑުގެ ސިފައިންގެ ވެރިޔާއާ މޮސްކޯގައި ބައްދަލުކުރައްވައި އިއްޔެ ކުރެއްވި މަޝްވަރާތަކަށްފަހުގައެވެ.ރަޝިޔާ ދާދިފަހުންވަނީ އެގައުމުގައި އުފައްދާ އެންމެ ޒަމާނީ ވައިގެ ދިފާއީ އައްޑަނައިގެ ނިޒާމް ކަމަށްވާ އެސް – 300 މަރުކާގެ ނިޒާމް އީރާނަށް ވިއްކާފައެވެ. އީރާނަށް އަލަށް ވިއްކުމަށް ރަޝިޔާ ނިންމި ހަތިޔާރުތަކުގެ ތެރޭގައި ސަބްމެރިންއާއި ކަނޑުއަޑިން ފޮނުވާ ބާވަތުގެ މިސައިލް ހިމެނޭކަމަށް ޚަބަރުލިބެއެވެ.