ޚަބަރު

އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންގެ ހާލު ރަނގަޅު- އައިޖީއެމްއެޗް


ވިލިމާލޭ ފަޅުގައި އޮތް ތެޔޮބޯޓެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި 3 މީހުންގެ ހާލުވެސް ރަނގަޅުކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

ރޭ ދިހަގަޑި ތިރީސް ހާއިރު ހިނގި ހާދިސާގައި ފަޅުގައި އޮތް އިތުރު ދޯންޏެއްގައިވެސް އަލިފާން ހިފާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މިހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ތިން މީހުންގެ ފިހިފައިވީ ނަމަވެސް އެމީހުންގެ ހާލު ރަނގަޅުކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ވިލިމާލެ ހޮސްޕިޓަލްގައި ތިބި 4 މީހުންނަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް އެހޮސްޕިޓަލުންވެސް ބުނެއެވެ.

ރޭ ވިލިމާލޭ ފަޅުގައި އޮތް ތެޔޮބޯޓެއްގައި ރޯވި އަލިފާންގަނޑު މާގިނައިރުތަކެއް ނުވެ ވަނީ ނިއްވާލާފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަޙްޤީގުކުރަމުންނެވެ.