ޚަބަރު

13 އަހަރުގެ ކުއްޖާގެ މައްސަލަ ބަލަން ފުލުހުންގެ ޚާއްސަ ތަހުޤީގު ޓީމެއް


13 އަހަރުގެ ކުއްޖާގެ މައްސަލާގައި ދައުލަތު މުވައްސާތަކުން އިހްމާލުވެފައިވޭތޯ ބެލުމަށް ޚާއްސަ ޓާސްފޯހެއް އެކުލަވާލާ އެ މަސައްކަތް ފަށާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ސީޕީ މުހައްމަދު ހަމީދުވަނީ ފުލުހުން މިހާރު ކުރިޔަށް ގެންދާ ބައެއް ތަހުޤީގުތަކާއި ގުޅޭ މައުލޫމާތުތައް ރައްޔިތުން މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް ހިއްސާކުރައްވާފައެވެ.

241 ކޮމިޓީގައި ވާހަކަ ދައްކަވަމުން ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފާއިތުވެދިޔަ 2 ހަފްތާއެއްގެ ތެރޭގައި ހިނގައިދިޔަ ކަންކަމަށް އެކަނިބަލައި ލިޔަސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތުން ވަގުތައް މިކަންކަމުގައި ފިޔަވަޅު އަޅާފައިވާނެކަމަށެވެ.

ކޮމިޝަނަރ ހަމޑު ވިދާޅުވީ އުމުރުން 13 އަހަރުގެ ކުއްޖަކާއި ކޯޓުން ބޭރުގައި ކައިވެނިކޮށް އެ ކުއްޖާ ބަލިވި އިން މައްސަލަ ތަހުޤީގު އެ އިދާރާއިން އެކަށީގެންވާ ބާރުމިނުގައި ކުރިޔަށް ގެންދާކަމަށެވެ. މި ގޮތުން އެ ކުއްޖާގެ މައްސަލަ 2018 ވަނަ އަހަރު ޖޫން މަހުގެ 6 ދުވަހު އެ މައްސަލަ ހުށައެޅުނު ހިސާބުން ދައުލަތުގެ ކަމާއި ބެހޭ މުވައްސަސާތަކުން ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބަލަމުން އަންކަމަށެވެ. އަދި އެ މައްސަލާގައި އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިވޭތޯއާއި އެކަންކަމުގައި ދެން އަޅަން ހުރި ފިޔަވަޅުތަކަކީވެސް ކޮބައިތޯ ބަލަމުން އަންނަކަމަށެވެ.

އަދި އިއްޔެ ބޭއްވި ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާވެސް އިންނަވައިގެން ޚާއްސަ ޓާސްފޯހެއް ބެލުމުގެ ދަށުންމި މައްސަލަ ބެލުމުގެ ފުލުހުންގެ ޚާއްސަ ތަހުޤީގު ޓީމެއް އެކުލަވާލާ އެ މަސައްކަތް ކުރަމުން އަންކަން ހަމީދު ފާހަގަކުރެއްވިއެވެ. އަދި މުޖްތަމައުގެ ތެރޭގައި މިހާރު ފެންމަތިވެފައިވާ މައްސަލަތައް ބެލުމަށްވެސް ފުލުހުންގެ ކޮމެޓީއެއް އެކުލަވާލާފައިވާކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދަނީ 2014 ވަނަ އަހަރުން ފެށިގެންކަމަށާއި މިހާތަނަށް މިމައްސަލަތައް ބެލުމުގައި އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެހެންނަމަވެސް އަދުގެ ސަރުކާރުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން މިކަންކަން ބެލުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަންވެސް ހަމީދު ފާހަގަކުރެއްވިއެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް ހައްދު ފަހަނައަޅާފައިވާ އަމަލުތައް ހިންގި 16 މައްސަލައެއް ބަލައި 2 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށްވެސް ކަމިޝަނަރ ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ މިމަހުގެ 23 ވަނަ ދުވަހުގެރޭ މެރާކީ ކޮފީ ޝޮޕަށް ދިން ހަމަލާގައި ޝާމިލުވާ ފަރާތްތައްވެސް 48 ގަޑިއިރުގެ ތެރޭގައި ހައްޔަރުކޮށް އެ މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށެވެ. އަދި މިކަމުގައި ޝާމިލްވާ އެންމެން ހޯދާ އެމީހުން ތައްކުރު އިންޒާރުގެ މެސެޖް ލިޔުމަށ ްތިބި ތަނާއި އެކަންކުރި ވީޑިއޯ ފުޓޭޖްވެސް ފުލުހުން ހޯދާފައިވާކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މީގެއިތުރުން މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު)ގެ ކާރުގެ ބިއްލޫރިގަނޑު ތަޅައިންގެ ގޮސްފައިވާ މައްސަލަވެސް ފުލުހުން ތަހުޤީގުކޮށްފައިވާކަމަށް ކޮމިޝަނރ ވިދާޅުވިއެވެ. އަދި މި މައްސަލަ ބެލިބެލުމުން އެގިފައިވަނީ މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާކަމެއް ނޫންކަމަށާއި މިކަން ހިނގާފައިވަނީ އެ ކާރު ޕާކޮށްފައި އޮތް އެސަރަހައްދުގެ އިމާރާތެއްގެ މަތިން ވެއްޓުނު ގާބުރި އަކުން ޖެހިގެންކަމަށެވެ.

ސީޕީ ވިދާޅުވީ ފުލުހުން މަސައްކަތް ކުރާނީ ރައްޔިތުންނަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށެވެ. އަދި އެކަން ކުރުމުގައި އޭނާގެ ލީޑަރޝިޕް ދަށުގައި އޮތް ފުލުހުންގެ މުއައްސަސާ 24 ގަޑިއިރު މަސައްކަތް ކުރަމުންދާނެކަމަށް ކަމިޝަނަރ ވިދާޅުވިއެވެ.