ޚަބަރު

އޯފިޑާ ރާއްޖެއާ ދެމެދު 50 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމެއް


ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށާއި ރައްކާތެރި ގޮތުގައި ކުނި ގެންގުޅުމުގެ ނިޒާމް ގާއިމްކުރުމަށް އޯޕެކް ފަންޑު ފޯރ ޑިވެލޮޕްމެންޓް،  އޯފިޑާ ރާއްޖެއާ ދެމެދު ފަންސާސް މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.މި ލޯންގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއަކީ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށާއި ރައްކާތެރިގޮތުގައި ކުނި ގެންގުޅުމުގެ ނިޒާމް ގާއިމްކުރުމަށް މިހާތަނަށް ރާއްޖޭގައި ފެށޭ އެންމެ ބޮޑު މަޝްރޫއުއެވެ.މި މަޝްރޫއު ދަށުން ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހުޅުދޫ ، މީދޫ ، ފޭދޫ ، މަރަދޫފޭދޫ އާއި މަރަދޫގައެވެ. އަދި ފެނުގެ ނިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހއ.ހޯރަފުށި ، ހދ ހަނިމާދޫ، ށ. މިލަންދޫ، ރ. އުގޫފާރު، ބ. އޭދަފުށި، ޅ.ނައިފަރު، ދ.ކުޑަހުވަދޫ، ތ.ވިލިފުށި، ތ. ގުރައިދޫ، އާއި ގއ. ވިލިގިލީގައެވެ.މީގެ އިތުރުން ހޫނު މޫސުމުގައި ފެނަށް ޖެހުމުގެ މައްސަލަ ހައްލުކުރުމަށާއި ކުރިމަގުގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް މަގުފަހި ވާނެގޮތަށް ސާދަ ރަށެއްގައި އާރް.އޯ ޕްލާންޓާއި ފެން ރައްކާކުރާ ތާންގީ ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.މި މަޝްރޫގެ ދަށުން ހއ އާއި. ހދ. އާއި ށ މި ތިން އަތޮޅުގައި ކުނިގެން ގުޅުމުގެ ސަރަހައްދީ ނިޒާމެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ލޯނަކީ 4.6 އިންސައްތައިގެ އިންޓްރެސްޓް ރޭޓަކާއެކު ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމެނޭގޮތަށް އަށާރަ އަހަރުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހަމަޖެހިފައިވާ ލޯނެއްކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.