ވިޔަފާރި

"ޕީޓާ ޕޭން" އިންޑިއާގެ ކެއުންތަކަށް ޚާއްސަ ރެސްޓޯރަންޓެއް


އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރަންޓެއް މާލޭގައި ހުޅުވައިފިއެވެ. "ޕީޓާ ޕޭން"ގެ ނަމުގައި ހުޅުވި މި ރެސްޓޯރަންޓް ހުންނަނީ ސްޓެލްކޯ ކުރިމަތީ އޮންނަ ކަށިމާ ހިނގުމުގައެވެ.

މި ރެސްޓޯރެންޓު ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮމިނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލު އެވެ.

ޕީޓާ ޕޭން ރެސްޓޯރަންޓުން ބުނީ މި ރެސްޓޯރަންޓުން ލިބޭ ކެއުންތަކުގެ 70 އިންސައްތަ ޚާއްސަވާނީ އިންޑިއާގެ ކެއުންތަކަށްކަމަށެވެ. ނަމަވެސް އެހެން ޤައުމުތަކުގެ ކެއުންތައްވެސް ރެސްޓޯރަންޓުން ލިބެން ހުންނާނެކަމަށް ޕީޓާ ޕޭންއިން ބުނެއެވެ.

އަވަސް މުސްތަޤްބަލެއްގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމަށް އެ ރެސްޓޯރަންޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޑެލިވަރީގެ ޚިދުމަތް ދޭއިރު މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފްކޮށް އެޕްލިކޭޝަންގެ ތެރެއިން އޯޑަރު ދިނުމާއި އޯޑަރު ކަސްޓަމަރުންގެ ގެއާއި ހަމައަށް ދާންދެން ވީތަން ބަލާލެވޭނެކަމަށް އެ ރެސްޓޯރަންޓުން ބުނެއެވެ.

މިއީ ޕީޓާ ޕޭންއިން ހުޅުވި ފުރަތަމަ ރެސްޓޯރަންޓެވެ. ކުރިއަށް އޮތް ތަނުގައި އެ ރެސްޓޯރަންޓުގެ އިތުރު އައުޓްލެޓްތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ސަރަހައްދުތަކުގައި ހުޅުވުމުގެ މަސައްކަތް ކުރާނެކަމަށް ޕީޓާ ޕޭންއިން ބުނެއެވެ.