ޚަބަރު

"މާއްދާ 29، މިވެސް ހައްޤެއް" މިނަމުގައި ކެމްޕޭނެއް!


ޤާނޫނު އަސާސީއަށް ޢާއްމުންނާއި ދަޢުލަތުގެ އެކި މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ކެމްޕޭނެއް ފެށުމަށް އިންފޮރމޭޝަން ކޮމިޝަނަރގެ އޮފީހުން ނިންމައިފިއެވެ. މިއީ އެއޮފީން ކުރިއަށްގެންދާ މިފަދަ ފުރަތަމަ ކެމްޕޭނެވެ.

"މާއްދާ 29، މިވެސް ހައްޤެއް" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މިކެމްޕޭން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2ވަނަ ދުވަހުއެވެ. އަންނަ މަހުގެ 2އިން ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކެމްޕޭނުގައި ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޤާނޫނު އަސާސީއަށް އަހުލުވެރިކުރުވުމަށް މަސައްކަތްކުރެވޭނެކަމަށް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ވިދާޅުވެއެވެ.

މިކެމްޕެއިން ސިޔާސީ ފަރާތްތަކަށްވެސް އަމާޒުކުރެވޭނެއެވެ. މިކެމްޕެއިންގެ ދަށުން 3 މަސްދުވަސްވަންދެއް ސޯޝަލް މީޑިއާގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ވިދާޅުވީ މިކެމްޕެއިން އަތޮޅުތެރެއަށްވެސް ގެންދާނެކަމަށެވެ.