ޚަބަރު

'ގެޓްސެޓް' ޕްރޮގްރާމުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކޮށް ނިމިއްޖެ


ޒުވާން ވިޔަފާރިވެރިންް އުފެއްދުމަށް ސަރުކާރުން ފައްޓަވާފައިވާ 'ގެޓްސެޓް' ޕްރޮގްރާމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ދެން ކުރިއަށްދާނީ ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކާ އިންޓަރވިއު ކުުރުމުގެ މަސައްކަތް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދް އަނީސް ވިދާޅުވެއްޖެއެވެ.ގެޓްސެޓް ޕްެރޮގްރާމްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން މައުލޫމާތުދިނުމަށްޓަކައި އިއްޔެ އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނީސް ވިދާޅުވީ ފަސްސަތޭކަ ހަތްދިހަ ދެ ޕްރޮޕޯސަލް އިވެލުއޭޓްކޮށްފައިވާ ކަމަށެވެ. އަދި ވިހާވެސް ރަނގަޅަށް ދެފުށް ފެންނާނެ ސިޔާސަތެއްގެ ދަށުން އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށްވެސް އަނީސް ވިދާޅުވިއެވެ.ގެޓް ސެޓް ލޯނުގެ މެނޭޖަރު މަހީލް އަލީ ޖަލީލް ވިދާޅުވީ ވީހާ ވެސް އަވަހަށް ލޯނުތައް ދެވޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ.ކުރިން ޔޫތު މިނިސްޓްރީން ހިންގަމުން ގެންދިޔަ ގެޓްސެޓް ޕްރޮގްރާމް މަރޗްމަހުގެ 26 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކުރީ އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މައްސަލަތަކެއް އުޅޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނުމުންނެވެ.ފަސް އަހަރުތެރޭ ކޮންމެ އަހަރަކުވެސް 40 މިލިއަން ރުފިޔާގެ ލޯން ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.ގެޓްސެޓް ޕްރޮގްރާމަށް ފަސް އަހަރު ތެރޭ ކަނޑައަޅާފައި ވަނީ 200 މިލިއަން ރުފިޔާއެވެ.