ކުޅިވަރު

ބޮޑެތި މުބާރާތްތަކުން ރަޝިޔާ ސަސްޕެންޑް ކުރަނީ



ބޮޑެތި މުބާރާތްތަކުން ރަޝިޔާ ސަސްޕެންޑްކުރަން ވޯލްޑް އެންޓި ޑޯޕިން އެޖެންސީން ލަފާދީފިއެވެ.

މި ސަސްޕެންޝަންގެ ތެރޭގައި މުބާރާތްތަކުގައި ބައިވެރި ކުރުމާއި މުބާރާތްތައް އެ ގައުމުގައި ބާއްވަން ފުރުސަތު ނުދިނުމާއި އެއްވެސް މުބާރާތަކަށް ބިޑް ކުރުން މަނާކުރުން ވެސް ހިމެނެ އެވެ. ނަމަވެސް މި ކަމަށް އެންމެ ފަހުގެ ގޮތް ނިންމާނީ އަންނަ މަހު 9ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައި ބާއްވާ ވާޑާގެ ބައްދަލުވުމުގައެވެ.

ވާޑާއިން ނިންމާފައިވަނީ ރަޝިޔާގެ އެތުލީޓުން މަނާ ބޭސް ބޭނުންކޮށް، ސަރުކާރު ބައިވެރިވެގެން ޑޯޕިން ޓެސްޓް ތަކުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. މި މައްސަލައަކީ މިދިޔަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ވެސް ހޫނުވި މައްސަލައެކެވެ. ކޮމިއުނިސްޓް ގައުމެއް ކަމަށްވާ ރަޝިޔާގައި ކުޅިވަރު މުބާރާތްތައް ބާއްވާއިރު ކާމިޔާބު ހޯދުމަށް ކުޅިވަރުގެ ގަވާއިދާ ޚިލާފު އެތައް ކަމެއް ކުރާކަމަށް އަބަދުވެސް ތުހުމަތުކުރެވެއެވެ. އަދި މިކަންކަން ކުރަނީ ރަޝިޔާ ސަރުކާރުގެ ބައިވެރިވުމާއެކުގައި ކަމަށް ވެސް ވާޑާއިން މިހާތަނަށް ދިޔައީ ތުހުމަތު ކުރަމުންނެވެ.

ރަޝިޔާއަށް މި އަދަބު ދީފިނަމަ އެ ގައުމަށް އަންނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތާއި 2022 ވަނަ އަހަރު ޤަތަރުގައި ބާއްވާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ވެސް ނުކުޅެވޭނެއެވެ. މީގެ އިތުރުން ޖަޕާނުގައި އަންނަ އަހަރު ބާއްވާ ޓޯކިޔޯ އޮލިމްޕިކްސުން ވެސް އެ ގައުމު ސަސްޕެންޑްވާނެއެވެ.