ކުޅިވަރު

ހއ.މާރަންދޫ ޔޫތް ސޮސައިޓީ ފުޓްބޯޅަ މުބާރާތް ފަށައިފި


ހއ.މާރަންދޫ ޔޫތް ސޮސައިޓީއިން އިންތިޒާމްކޮށްގެން މާރަންދޫގައި ބާއްވާ ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

މާރަންދޫ ފުޓްބޯޅަ ކްލަބްތަކުގެ މެދުގައި ކުރިިޔަށްގެންދާ މި މުބާރާތުގައި 5 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނޭ ޓީމު ތަކަކީ، ފިޓްނަސް ޓީމް، ޗެޕޭ ސްޕޯޓްސް އެކަޑަމީ އަދި ބަނޑޭރި ސްޓަރ ސްޕޯޓްސް ކްލަބްއެވެ. ގްރޫ÷ޕް ބީގައި ހިމެނޭ ޓީމު ތަކަކީ، އެފްސީ އޯލް ޔުނައިޓެޑް އަދި އެފްސީ އިންޖަރީއެވެ.

23 ނޮވެމްބަރ އިން 30 ނޮވެމްބަރ ގެ ނިޔަލަށް ހއ.މާރަންދޫގައި ކުރިޔަށްދާ މި މުބާރާތުގައި ފުރަތަމަ މެޗުގައި އިއްޔެ ބައްދަލުކުރީ ޗެޕޭ ސްޕޯޓްސް އެކަޑަމީއާއި ފިޓްނަސް ޓީމްއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެޕޭ ސްޕޯޓްސް އެކަޑަމީއެވެ.

މި މެޗުގައި ސްޕޯޓްސް ކްލަބުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، ސަމާހް ހަސަން އަދި އަޙުމަދު އަޒްލީންއެވެ. އަނެއް ލަނޑަކީ ފިޓްނަސް ޓީމުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަ ވަތް ލަނޑެކެއެވެ.

މި މުބާރާތުގައި މިއަދު ހަވީރުވެސް މެޗެއް ކުޅޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ، ޗެޕޭ ސްޕޯޓްސް އެކަޑަމީއާއި ބަނޑޭރި ސްޓަރ ސްޕޯޓްސް ކްލަބްއެވެ.