ޚަބަރު

މާލޭގެ ގެއެއްގައި ބަނގުރާ ކައްކަން ތިއްބާ އަލިފާން ރޯވެއްޖެ


މާލޭގެ ގެއެއްގައި ބަނގުރާ ކައްކަމުން ދިޔަ ބަޔަކު އަތުލައިގެންފިއެވެ. މި މީހުން އަތުލައިގަތީ ބަނގުރާ ކައްކަމުން ދިޔަ އުދުނުގައި ރޯވެ އެގެއިން ދުން އަރަން ފެށުމުން އެމްއެންޑީއެފްގެ ފަޔަރ ރެސްކިއު ޓީމުން ގޮހެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ އިދާރަށް ގެއަކުން ދުން އަރާ ރިޕޯޓް ލިބިގެން އެގެއަށް ދިޔައިރު ރޯވެފައި ހުރީ އުނދުނެއްގައިކަމަށާއި އެ އަލިފާން ނިންވާލާ މައްސަލަ ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ ދުން އަރާތީ މައުލޫމާތު ލިބުނު ގެއަކީ ބިދޭސީން ދިރިއުޅެމުން އަންނަ ގެއެއްކަމަށާއި އަލިފާނުގެ ހާދިސާ ހިނގީ ބިދޭސީންތަކެއް ބަނގުރާ ކައްކަން އުޅުމުގެ ތެރޭގައިކަމަށް މިހާތަނަށް ބެލިބެލުމުން އެނގޭކަމަށެވެ. އެ މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.