ސިއްހަތު

މަދިރި ނައްތާލުމަށް ހުރިހާ ރައްޔިތުން ނުކުތުމަށް އެދިވަޑައިގެންފި


ޑެންގީހުމުން ރައްކާތެރިވެ ތިބުމައްޓަކައި އަންނަ
ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހެނދުނު ދިހައަކުން މެންދުރު ބާރައަށް ރާއްޖޭގެ
ހުރިހާކަންކޮޅުތަކެއްގައި މަދިރި ކޮންޓްރޯލް ކުރުމާއި މަދިރި ނައްތާލުމަށް ހުރިހާ ދިވެހިރައްޔިރުން
ނުކުމެ މަސައްކަތްކޮށްދެއްވުމަށް ހެލްތް މިނިސްޓަރ އިރްތިޝާމް އާދަމް
އެދިވަޑައިގެންފިއެވެ.



ޕީ.އެސް.އެމްއަށް ދެއްވި ބަސްތީގަތުމެއްގައި މިނިސްޓަރ ވިދާޅުވީ، މިދަނޑިވަޅުގައި ދިމާވެފައިވާ
ހާލަތުން ދިވެހި ރައްޔިތުންގެ އަމިއްލަ ނަފްސާއި، އާއިލާތަކާއި ލޮބުވެތި ދަރިން ސަލާމަތްވެ
ތިބުމަށް ހުރިހާރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށާއި، ހުރިހާ
މުއައްސަސާތަކާއި ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންވެސް ވެވަޑައިގަތް މިންވަރަކުން
ގައުމީ ކަމެއްގެ ގޮތުގައި ބައިވެރިވެ މަސައްކަތް ކޮށްދެއްވުމަށް ސަރުކާރުން
އެދޭކަމަށެވެ.



ކުރިއަށް އޮތްތަނުގައި މަދިރިން ރައްކާތެރިވުމަށް ރާއްޖެއިން
އެކަށީގެންވާ ފިޔަވަޅުތަށް އަޅަން ޖެހިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ
އިރުތިޝާމް ވިދާޅުވީ، ސަރުކާރުން މިހާރުވެސް މިހާރު ކުރިމަތިވެފައިވާ ޑެންގީހުމުން
ސަލާމަތްވުމަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށެވެ.



މާދަމާއިން ފެށިގެން ހޮނިހިރުދުވަހުގެ ނިއަލަށް ކުރާ
މަސައްކަތުގައި ސްކޫލްތަކާއި ސްކޫލްތަށް ހިމެނޭ ސަރަހައްދުތަކުގައި
ހުރިގެތަކުންވެސް މަދިރި އުފެދޭ ތަނެއްހުރިނަމަ އެތަންތަން ސާފްކުރުމަށް
ޓީޗަރުންނާއި، ބެލެނިވެރިންގެ އިތުރުން، ބައެއް މަތީ ގްރޭޑްތަކުގެ ދަރިވަރުން
ނުކުތުމަށްވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.



މިނިސްޓަރގެ ވާހަކަފުޅުގައި ބިދޭސީން
ދިރިއުޅޭތަންތަން ސާފްކުރުމަށް އާންމު ފަރާތްތަކުން ބާރުއެޅުމަށް ވިދާޅުވިއެވެ.



މަދިރި އުފެދޭތަންތަން ނައްތާލުމަށް މާދަމާ ފަށާ މިމައްސަކަތުގައި
އަތޮޅުތަކާއި، މާލެއާއި ހުޅުމާލޭގެ އިތުރުން 
ވިލިމާލޭގައި ކުރިޔަށްގެންދާ ހަރަކާތް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ،
ހެނދުނު ދިހަޔަކުން ބާރައަށެވެ.