ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްރިޕަލް ވޭލްވް އޯޕަން ހާޓް ސާޖަރީއެއް ކޮށްފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްރިޕަލް ވޭލްވް އޯޕަން ހާޓް ސާޖަރީއެއް ކޮށްފިއެވެ.

މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. މިމަހުގެ 12 ވަނަ ދުވަހު މި ސަރޖަރީކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެއްގެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އެ ހޮސްޕިޓަލުން ބުނީ އެމީހާގެ ޙާލު ރަނގަޅުކަމަށެވެ.

މި ސަރޖަރީގައި އެމީހާގެ ހިތުގެ ތިން ވެލްވްއަކަށް ފަރުވާދީފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މި ސަރޖަރީގައި އެ މީހާގެ މައިޓްރަލް އާއި އައޮޓިކް ވެލްވް ބަދަލުކޮށްފައިވާއިރު، ފިރިހެންމީހާގެ ހިތުގެ ޓްރައިކަސްޕިޑް ވަލްވްވެސް ވަނީ ރިޕެއަރ ކޮށްފައެވެ.

އޭޑީކޭއިން ކުރި ޓުއީޓް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޯޕެން ހާޓް ސަރޖަރީއެއް ކޮށްފައިވަނީވެސް އޭޑީކޭ ހޮސްޕިޓަލުންނެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 11 ވަނަ ދުވަހުއެވެ. އެފަހަރު އޭޑީކޭއިން ސަރޖަރީ ހަދާފައިވަނީ މައިޓްރަލް ވޭވް ޑިޒީސް ޖެހިފައިވާ 25 އަހަރުގެ އަންހެނެއްގެއެވެ.