ޚަބަރު

މެޗުގެއްލުނީ އަމިއްލައަށް ހެދުނު ގޯސްތަކަކުން - ގުއާމްގެ ކޯޗު


މެޗު ގެއްލުނީ އަމިއްލައަށް ހެދުނު ގޯސްތަކަކުންކަމަށާއި އެހެންނަމެވެސް އޭޝިޔަންކަޕަށް ކޮލިފައިވުމަށް ކުރަމުންދާ އުންމީދު ގެއްލުވާނުލާކަމަށް ގުއާމްގެ ކޯޗު ކާލް ޑޮޑް ބުނެފިއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި މިއަދު ހަވީރު ގުއާމާ ދެކޮޅަށް މާލެ ކުޅުނު މެޗު 3-1 ލަނޑުން ރާއްޖެ ކާމިޔާބުކުރި މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ޑޮޑް ބުނީ މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅުނީ ގުއާމުން ކަމަށާ، އޭނާ ޤަބޫލްކުރާގޮތުގެ މެޗުގެ ދެވަނަ ހާފްގައި ފަހުބައިގަ މެޗު ކޮންޓްރޯލް ކުރީ އޭނާގެ ޓީމުންކަމަށެވެ.

ޑޮޑް ބުނީ އޭނާގެ ޓީމުން މައްސަލަތައް ދިމާވާންފެށީ ކައިރިކައިރީގައި ހެދުނު ގޯސްތަކެއްގެ ސަބަބުންކަމަށް މެޗުން ބަލިވުމުން މާޔޫސްވެފަހުރި ކޯޗު ބުންޏެވެ. ޑޮޑް ބުނީ ފަސްމެޗު ކުޅުނުއިރުވެސް މެޗަކުން މޮޅެއް ނުލިބުނަސް ކޮންމެ މެޗަކަށް އޭނާ ނުކުންނަނީ ތިން ޕޮއިންޓު ހޯދަން ކަމަށާ، ބާކީ ހުރިމެޗުތަކަށް ވެސް އޭނާ ނުކުންނާނީ އެއަޒުމުގައި ކަމަށް ޑޯޑް ބުންޏެވެ. ޑޯޑް ބުނީ އޭޝިޔަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރަށް ދިޔުމުގެ ދޮރު ބަންދު ނުވާކަމަށާއި އެފުރުސަތު އަދި އެބައޮތްކަމަށެވެ.

" އަނެހެން މުޅިމެޗު އަހަރަމެން ގޯހެކޭ ބުނެވޭކަށް ނެތް ، ފުރަތަމަ ހާފްގައި ވެސް ކުޅުނުީ އަހަރަމެން ، އަހަރެން ގަބޫލް ކުރާގޮތިގައި މުޅިެޗު އަހަރަމެންނަށް ޑޮމިނޭޓް ކުރެވުނު. ރާއްޖެ ކޮޅަށް ލަނޑުޖަހާ އަހަރެމެން ދެންމެ ދެންމެ އެއްވަރުކޮއްފާނެއޭ ވެސް ހީވި." ގުއާމްގެ ކޯޗު ބުންޏެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ގުރޫޕް އޭ ގައި ގުއާމް ފަސްމެޗު ކުޅުނު އިރު އަދި އެއްވެސް މެޗަކުން މޮޅެއް ވަނީ ނުހޯދިފައެވެ. މިފަސްމަޗުން ގުއާމް ކޮޅަށްވަނީ ނަވާރަ ލަނޑުވަދެފައެވެ.