ޚަބަރު

އޭދަފުއްޓާއި އެކު ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް މާޒިޔާއިން ކާމިޔާބުކޮށްފި


15 އަހަރުން ދަށުގެ އެކުވެރިކަމުގެ ފުޓްބޯޅަ މެޗްގައި އޭދަފުއްޓާ ވާދަކޮށް މާޒިޔާ ކުރި ހޯދައިފިއެވެ.

އިއްޔެ ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗްގައި މާޒިޔާއިން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެވެ. މިމެޗް މާޒިޔާ ކާމިޔާބުކުރީ 2-0 އިންނެވެ.

އެފްއޭއެމް އޭދަފުށީ ފުޓްބޯލް ޑިވެލޮޕްމަންޓް އޮފީހުން އިންތިޒާމްކުރި މި މެޗަކީ އޭދަފުށީގައި އެފްއޭއެމް އިން ކުރިއަށް ގެންދާ ޔޫތު ޑިވެލޮޕްމަންޓްގެ ހުނަރުވެރި ކަން ދައްކާލުމުގެ ބޭނުމުގައި ކުޅުނު މެޗެކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ބުނީ މި މެޗަކީ ތަޖުރިބާ ހޯދުމުގެ ބޭނުމުގައި ކުޅުނު މެޗެއްކަމެކެވެ. އަދި ޖުމްލަކޮށް ބަލާނަމަ އޭދަފުށީ ޓީމުގައިވެސް ކުރިމަގެއް އޮތްކަމަށް މާޒިޔާގެ 15 އަހަރުން ދަށުގެ ޓީމުގެ ކޯޗު ފާހަގަކުރިއެވެ.