ޚަބަރު

މާލޭގެ ގެއެއްގެ ވައިގޮޅީގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ


ގަލޮޅު ގެއެއްގެ އެއްވަނަ ފަންގިފިލާގެ ވައިގޮޅީގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ހެނދުނު 10:10 އެހާކަންހާއިރު ގަލޮޅު ގެއެއްގެ އެއްވަނަ ފަންގިފިލާގެ ވައިގޮޅީގައި، މީހަކު މަރުވެފައިވާ އޮއްވައި ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މަރުވެފައި ވަނީ ޒުވާން ފިރިހެނެއް ކަމަށާއި އެއީ ކާކުކަން ދެނެގަތުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.